
ހައިބަތު ބޮޑުކޮށް މިނިވަން ދުވަސްފާހަގަކުރަނީ އަދުގެ ޖީލަށް މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ ދެއްކުމަށް!
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ-
ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ސަރުކާރުން ރާވާފައިވާ ޙަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާ މިރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ މިނިވަން ބަޔަކަށް ދިވެހިން ވީ ދިވެހީންގެ ވިސްނުމާއި, އުންމީދާއި ހިތްވަރުގެ ސަބަބުންކަމަށެވެ.
"މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ޚާއްސަ ރަސްމިއްޔާތެއް. އެ ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ. މިއީ ޤައުމެއްގެ ގޮތުގައި ދެމި ތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހައި ފަރާތްތަކެއްގެ ޝާމިލުވުމާ އެކު ބާއްވަން ޖެހެނީ މިހެންވެ"، ވަޒީރު ވިދާޅުވިއެވެ.
މިނިވަންކަމަށް 60 އަހަރު ފުރޭ ފަޚުރުވެރި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ކަންކަން ރާވައިފައެވެ. މީގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ޚާއްސަ ލައިވްއަތޯނެއް ހިމެނެއެވެ. އަދި ޤައުމީ ދިފާޢީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ރާވައިފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުން ވެސް މިފަހަރު ވަނީ ރާވާފައެވެ. މީގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި
-1755669234499.webp&w=3840&q=75)
ޠަބީޢީ ތަރިކައާއި، ދިވެހި ބޭސްވެރިކަމުގެ ގަސްގަހާގެހި އާލާކުރަނީ

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިރިގަލުގެ މިސްކިތްތައް ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ ފުރިހަމަކުރުމުގެ މަސައްކަތް ފަށައިފި

ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރަނީ އަދުގެ ޖީލަށް މިނިވަންކަމުގެ އަގުވަޒަން ކުރުމުގެ ނަމޫނާ ދެއްކުމަށް!
