logoEN
WAMCO TOP 1
އަތޮޅު ތެރޭގައި މެޑިކަލް އިންޓާންޝިޕް ފެށި ފުރަތަމަ ހޮސްޕިޓަލަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް!

އަތޮޅު ތެރޭގައި މެޑިކަލް އިންޓާންޝިޕް ފެށި ފުރަތަމަ ހޮސްޕިޓަލަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް!

އަހުމަދު ޝުރާއު

logo

7/17/2025, 7:04:49 PM

# އައްޑޫ އެކިއިޓޯރިއަލް ހޮސްޕިޓަލް

-

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

THE TRAVELLER AD

ހެލްތު މިނިސްޓްރީން މިއަދު ބުނީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށީ 16 ޖުލައި 2025 ގައި ކަމަށެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު މި ޕްރޮގްރާމް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.

ކޮމެންޓް
ފަހުގެ
HDC