
-
އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާޅޮހު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން ނިދާފައި އޮތްވާ ހަމަލާދީ މަރާލީ މާޅޮހު، އޯކިޑްމާގެ އުމުރުން 65 އަހަރުގެ އަބްދުއް ރަހުމާން އެވެ.
އޮފިޝަލް ވިދާޅުވީ، މި މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތުގެ ގުރުއަތު ލައިފި

މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތުގައި މިއަހަރު 8 ޓީމު

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު




