logoEN
Sto top
4 ވަޒީރަކާއިއެކު އެކު އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ!

4 ވަޒީރަކާއިއެކު އެކު އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ!

އަހުމަދު ޝުރާއު

logo

7/12/2025, 9:40:04 AM

# އަހާ ފޯރަމް

--

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ ހަ ވަނަ ފޯރަމް މި ފެށޭ ހަފްތާގައި ބޭއްވުމަށް ނިންމައިފި އެވެ.

Wamco

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.) ގުޅިގެން ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްތަކެކެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ހަ ވަނަ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ހަތަރު ވަޒީރުންނަކީ ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު އަބްދުالله މުއްތަލިބު އާއި މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ފަތުރުވެރިކަމާއި ދިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް އެވެ.

މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިޔަށްދާވަގުތު ޕީއެސްއެމްގެ ސްމާޓް އެޕް، ޕީއެސްއެމް އެއާ އާއި ފޭސްބުކް އާއި އެކްސް މެދުވެރިކޮަށް ސުވާލުކުރެވޭނެ ކަމަށް ޕިއެސްއެމްއިން ވަނީ ބުނެފައި އެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބާއްވާ 'އަހާ' ފޯރަމް ދެ ގޮތަކަށް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން ބައެއް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ވަޒީރުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC