.webp&w=3840&q=75)
އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ފަށައިފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ ޢިމާރާތްތައް ތަޅާލުމަށް ނިންމާއި މިއަދު އެސަރަހައްދުގައި މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޔުނިޓުން މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެތިން ޢިމާރާތް ތަޅާލުމަށް ނިންމައި މިއަދު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަ ވަނީ މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދިފައެވެ.
އަދި މި ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ ޢިމާރާތްތައް ބޭނުންނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެތަން ފަހަކަށް އައިސް ބޭނުންކުރަމުންދިޔައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ، އެމީހުންގެ އައްޑާއެއްގެ ގޮތުގައި އެވެ. އެއިމާރާތްތަކުގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއްވެސް ހިނގާފައިވާއިރު ދާދި ފަހުންވެސް ބޮޑު އަލިފާނުގެ ހާދިސާއެއް އެތަނުގައި ވަނީ ހިނގާފައި އެވެ.
ގުޅުންހުރި

ދަނގެތީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

ތޮއްޑޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!
