logoEN
Sto top
އީޔޫއާއި އިނގިރޭސިވިލާތުންވެސް ރާއްޖޭގެ މަސްވެރިކަމާއިބެހޭ އެއްވެސް ކުންފުންޏެއް ބްލެކްލިސްޓު ނުކުރޭ!

އީޔޫއާއި އިނގިރޭސިވިލާތުންވެސް ރާއްޖޭގެ މަސްވެރިކަމާއިބެހޭ އެއްވެސް ކުންފުންޏެއް ބްލެކްލިސްޓު ނުކުރޭ!

އަހުމަދު ޝުރާއު

logo

7/11/2025, 2:00:58 AM

# ފިޝަރީޒް މިނިސްޓްރީ

ޝިޔާމް -

ޔޫރަޕާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސްކުންފުނި މިފްކޯ ބްލެކްލިސްޓުކުރި ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

Wamco

ރާއްޖޭގެ ނޫހެއް ކަމަށްވާ ތޭރަ އޮންލައިންއިން އިއްޔެ ވަނީ ޔޫކޭއާއި އީޔޫއިން ރާއްޖޭގެ މިފްކޯ ބޭން/ބްލެކްލިސްޓުކޮށްފައިވާ ކަމަށްބުނެ ރިޕޯޓުކޮށްފައި އެވެ.

މިކަން ދޮގުކުރައްވައި މަސްވެރިކަމާއިބެހޭ ވަޒީރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައިނުވާ ކަމަށާއި ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

އަދި އެވާހަކަތަކާއި ހިލާފަށް އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ކުންފުންޏަކުން ދިވެހި މަސްކުންފުނި މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނަކަން ޝިޔާމް ހާމަކުރެއްވި އެވެ.

މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށާއި އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރަޖިސްޓްރީންކޮށްގެން ހިންގާ ނޫހަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside