logoEN
Sto top
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް: 1200 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވޭ!

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް: 1200 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވޭ!

އަހުމަދު ޝުރާއު

logo

7/8/2025, 3:42:14 PM

# ދިވެހި ވަޠަނީ ޚިދުމަތް

-

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

Wamco

މި ޕްރޮގްރާމާއި ގުޅޭގޮތުން މިރޭ އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށާ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށެވެ.

މިއާއިއެކު ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަސާއި އަދި މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ. މިގޮތުން ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް އެމަޢުލޫމާތު ހިއްސާކުރާނެކަން ވަނީ ފާހަގަކޮށްފައި އެވެ.

މިޕްރޮގްރާމަށް މީހުން ނެގުމުގެ މަރުޙަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާއިރު ކޮންމެ ކެނޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސްކުރިއަށްގެންދިޔުމަށް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC