logoEN
Sto top
އޭއެސްއެމްއެޗުން މިހާރު އެންއައިޕީޓީ ޓެސްޓު ހެދޭނެ!

އޭއެސްއެމްއެޗުން މިހާރު އެންއައިޕީޓީ ޓެސްޓު ހެދޭނެ!

އަހުމަދު ޝުރާއު

logo

7/7/2025, 1:14:30 PM

# އޭއެސްއެމްއެޗް

ޑރ އޭއެސްއެމްއެޗް ހޮސްޕިޓަލް: ފޮޓޯ | ނަޑޭ

ބަނޑުގައި އޮންނަ ކުއްޖާގެ އައިބެއް ހުރިތޯ ބެލުމަށް ހަދާ ނަން-އިންވޭސިވް ޕްރީނޭޓަލް ޓެސްޓު (އެންއައިޕީޓީ) ތިނަދޫ ސިޓީގައި ހުންނަ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލަށް ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

Wamco

ހެލްތުު މިނިސްޓްރީން މިއަދު ބުނީ އެހޮސްޕިޓަލުގައި މިޚިދުމަތް ދެނީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއާއި ގުޅިގެން ކަމަށެވެ.

ބަނޑުގައިވާ ދަރިފުޅުގެ އުފެދުމުގައި އެއްވެސް އުނިކަމެއް ހުރިތޯ އެންމެ އަވަހަށް ދެނެގަނެވޭނީ އެންއައިޕީޓީ ޓެސްޓުންނެވެ. މި ޓެސްޓް ހަދަނީ މައިމީހާގެ ބަނޑަށް 10 ހަފްތާ ގައެވެ.

އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކޮށް އަތޮޅު ފެންވަރުގައި ހިދުމަތްތައް ފުޅާކުރުމަށް މިދިޔަ 3 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އެހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތް ބޭނުންކުރަން ފަށާފައިވާއިރު މައި ހޮސްޕިޓަލް އައިޖީއެމްއެޗްއާއި ގުޅިގެން ގިނަ ކޭމްޕުތަކެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.

އަދި މިދިޔަ އަހަރުގެ ތެރޭގައި ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކާއި, ބްލަޑް ބޭންކް ގެ ހިދުމަތް އެހޮސްޕިޓަލުގައި ފަށާފައިވާއިރު ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް (އެން.ސީ.ޑީ ކްލިނިކް)ގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ވަނީ ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC