
ގައިދީންނަށް ކުރިޔަށްގެންދާ ދަނޑުވެރިކަމުގެ ކޯހުގެ 8 ވަނަ ބުރު ފަށައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލޗަރ” ކޯހުގެ އަށް ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ކޯސް ކުރިއަށްދާނީ ފަސް ހަފުތާއަށެވެ. މި ކޯހުގައި ޖުމްލަ 20 ގައިދީން ވަނީ ބައިވެރިވެފައެވެ.
މި ކޯހުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމާއި މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.
10 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ކޯހުގައި ބައިވެރިވާ ޤައިދީންނަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ގަސް ހައްދާނެގޮތައި، ގަހަށްޖެހޭ ބަލިތަކާއި، ގަސްއިންދުމަށް ބިންތައްޔާރުކުރާނެގޮތް ދަސްކޮށްދެވޭނެއެވެ.
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.
ގުޅުންހުރި

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޖަލުތަކުގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމެއް!

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އައްސޭރި ޖަލުގައި ހުޅުވައިފި

ރިހެބިލިޓޭޝަން މަސައްކަތްކުރާ ޖަލު އޮފިސަރުންތަކެއް ލަންކާގައި ތަމްރީނެއް ފުރިހަމަކޮށްފި
