logoEN
Sto top
މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ!

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ!

އަހުމަދު ޝުރާއު

logo

7/6/2025, 8:43:08 AM

# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

Wamco

މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00އަށް މީރުމާގަ އެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަންއަކަށް ބަހަލައިގެންނެވެ. ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަރވިއުއެއް ފޯރުކޮށްދިނުމެވެ.

ދެވަނަ ސެޝަންގައި ކުރިއަށްދާނީ ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC