logoEN
Sto top
ޔާނާގެ 13 ލަނޑާއެކު ކޭއެސްއޭ ޖޫނިއަރ އަތުން އޭއެލްޓީއަށް ފަސޭހަ މޮޅެއް

ޔާނާގެ 13 ލަނޑާއެކު ކޭއެސްއޭ ޖޫނިއަރ އަތުން އޭއެލްޓީއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

7/4/2025, 4:10:16 AM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025

އޭއެލްޓީ އާއި ކޭއެސްއޭ ޖޫނިއަރ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހެނދު ކުޅުނު ފުރަަތަމަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ޖޫނިއަރ (ކޭއެސްއޭ ޖޫނިއަރ) އާއި އޭއެލްޓީ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށް އޭއެލްޓީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އޭއެލްޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 17-2 ގެ ތަފާުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ކޭއެސްއޭ ޖޫނިއަރ އިން ކުޅުން ރަނގަޅުކުރި ނަމަވެސް އޭއެލްޓީ އިން މިސެޓް ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކާއެކު 7-18 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭއެލްޓީގެ މަރިޔަމް ޔާނަ އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside