
ސީދާ ދެ ސެޓުން ކޭއެސްއޭ ޖޫނިއަރ ބަލިކޮށް ކޭއެސްއޭ އިން ސެމީގެ އުންމީދު އައުކޮށްފި
# ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބްކޭއެސްއޭ އާއި ކޭއެސްއޭ ޖޫނިއަރ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހެނދު ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) އާއި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ޖޫނިއަރ (ކޭއެސްއޭ ޖޫނިއަރ) ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ކޭއެސްއޭ އިން ސެމީގެ އުންމީދު އައުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޭއެސްއޭ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ހުޅު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ކޭއެސްއޭ ޖޫނިއަރ ގެ ފުރަތަމަ މެޗުގައި އޭއެލްޓީ އަތުން އެޓީމު ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 11-6 ގެ ނަތީޖާއަކުން ކޭއެސްއޭ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 13-17 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއެސްއޭގެ ރިޒްނާ މުހައްމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ކޭއެސްއޭއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ކޭއެސްއޭ ޖޫނިއަރ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.
ގުޅުންހުރި

ބީސްޓް އެސްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާރުޑީއެލް ސެމީފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ކުއީންސް ބަލިކޮށް ޖީ ޓައުން އިން ފެށުން ރަނގަޅުކޮށްފި

ސީދާ ދެ ސެޓުން ކޭއެސްއޭ ޖޫނިއަރ ބަލިކޮށް ކޭއެސްއޭ އިން ސެމީގެ އުންމީދު އައުކޮށްފި
