
ސުވިޒަލޭންޑު ސަފީރުގެ ސަފީރު ކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށް އަރުއްވައިފި
# ފޮރިން މިނިސްޓްރީ-
ދިވެހިރާއްޖެއިން ސްވިޒަލޭންޑް އަށް ކަނޑައަޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓަރ އަށް މިއަދު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިރަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގައެވެ.
ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޑރ.ސަލްމާ ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮފެޑެރޭޝަންގެ ރައީސް އަށާއި ސްވިސް ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސްވިޒަލޭންޑް އާ ދެމެދު އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންއެރުވިއެވެ.
އަދި މި ބައްދަލުވުމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން، ޑރ. ސަލްމާ ރަޝީދު އަށް މަރުހަބާ ވިދާޅުވެ ދިވެހިރާއްޖެ އާއި ސްވިޒަލޭންޑް އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ.ސަލްމާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން، ޖޮނަތަން ބަރޓަން އާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގަތެވެ.
ގުޅުންހުރި

ސުވިޒަލޭންޑު ސަފީރުގެ ސަފީރު ކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށް އަރުއްވައިފި

މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: ޚަލީލް
.jpeg&w=3840&q=75)
އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ
