logoEN
Sto top
އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ

އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

6/21/2025, 11:20:30 AM

# ފޮރިން މިނިސްޓްރީ

-

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ވަޑައިގެންފި އެވެ.

Wamco

މިނިސްޓަރު ހަލީލް ތުރުކީއަށް ވަޑައިގެންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެގޮތުން އިއްޔެ މިނިސްޓަރު އެގައުމަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ދުނިޔޭގައި ތިއްބެވި ރާއްޖޭގެ އެކުވެރިންނާ ގުޅުން ބަދަހިކޮށް، އިސްލާމީ އުންމަތަށާއި މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކަށް ބަސް ބުނުމުގެ ފުރުސަތު ލިބެގެންދާތީ އުފާކުރައްވާ ކަމަށެވެ.

އޯއައިސީގެ ބައްދަލުވުން މިއަދު ފަށާފައިވާއިރު ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އޯ.އައި.ސީ. އަކީ، އިސްލާމީ އުންމަތުގެ އެއްބައިވަންތަ ކަމުގެ އަޑަށް ވަކާލާތުކޮށް، ހުރިހާ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާރުއެޅުމުގެ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside