logoEN
Sto top
ބިިދޭސީންގެ ސިއްޙަތާއިބެހޭ ސިޔާސަތާއެކު އެންމެންނަށް ސިއްޙީ ޚިދުމަތް ކަށަވަރުވާނެ!

ބިިދޭސީންގެ ސިއްޙަތާއިބެހޭ ސިޔާސަތާއެކު އެންމެންނަށް ސިއްޙީ ޚިދުމަތް ކަށަވަރުވާނެ!

އަހުމަދު ޝުރާއު

logo

6/30/2025, 11:51:18 AM

# ހެލްތު މިނިސްޓްރީ

--

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ގަބޫލުކުރާ ޒިންމާ."މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރަވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ފަރުވާ ކަށަވަރުކުރެވުމުން މުޅި ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށާއި ވަޒީފާދޭ ފަރާތަކާއި، މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިކަމުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ. އަދި މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside