logoEN
Sto top
ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަކުރުމާއި އަޒާންވެސް ދެކޮޅު: ގޮވާލީ ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް!

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަކުރުމާއި އަޒާންވެސް ދެކޮޅު: ގޮވާލީ ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް!

އަހުމަދު ޝުރާއު

logo

6/30/2025, 10:19:27 AM

# އަހުމަދު އަޒާން

--

އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓުއަރިޒަމަށް ތަރައްޤީކުރާ ރަށަކަށް ބަދަލުކުރުމުން އެކަމާއި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Wamco

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މިގޮތުން އައްޑޫ ސިޓީގެ ހަންކެޑެ (LD0219) "ހަލާލް ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެ ވުޒާރާއިން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

މިކަމާއި ގުޅިގެން މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު އަޒާން ވިދާޅުވީ ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާއި،އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާވެސް ދެކޮޅު ކަމަށެވެ.

އަދި ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފަވާ މަޝްރޫއެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށާއި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފައި ކަމަށް އަޒާން ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫޢު އިފްތިތާޙުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށްފަހު މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން އިއުލާނުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް އަޒާން ވިދާޅުވިއެވެ.

އަދި ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން ކަމުން އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ޤާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށް އަޒާން ވިދާޅުވިއެވެ.

" އަޅުގަނޑުގެ ނަޒަރުގައި ހަންކެނޑެ މަޝްރޫޢުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން.ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން." އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ އައްޑޫއަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާ ކަމަށާއި އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވި ކަމަށެވެ. އަދި ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫޢު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއްގެ ގޮތުގައި އަޒާން ސިފަކުރެއްވި އެވެ.

އަދި ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް އަޒާން ވަނީ ގޮވާލައްވާފައި އެވެ.

އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އެމްޑީޕީގެ ސަރުކާރުގައި 2023 ވަނަ އަހަރު އެވެ. އޭރު އެކޮނޮމިކް މިނިސްޓަރަށް ހުންނެވީ ފައްޔާޒު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއި އެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަން އެކުންފުންޏާއި އެމްޑީޕީ ސަރުކާރުން ހަވާލުކުރީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside