
ޝެއިން އަދި ޓެމޫ ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ކުރާ ކޮންމެ 100 ޑޮލަރުގެ ވިޔަފާރިއަކަށް 30 ޑޮލަރުގެ ފީއެއް ނަގަނީ
# ބީއެމްއެލް-
ޓެމޫ އަދި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނެގުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ޖުލައި 1ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓްކާޑުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލް އިން އިއުލާން ކުރީ މިއަދު އެވެ. އެކަމާއި ގުޅިގެން ނެރުނު ބަޔާުގައި ބީއެމްއެލް އިން ބުނެފައިވަނީ, ލިމިޓް ބޮޑުކޮށްފައިވީ ނަމަވެސް ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށެވެ. އެއީ ކުރާ ކޮންމެ 100 ޑޮލަރުގެ ވިޔަފާރިއަކަށް 30 ޑޮލަރުގެ ފީއެކެވެ. އަދި ކޮންމެ 10 ޑޮލަރުގެ ވިޔަފާރިއަކަށް 3 ޑޮލަރުގެ ފީއެކެވެ.
މިގޮތަށް ބަލާނަމަ 500 ޑޮލަރުގެ ވިޔަފާރިއަށް 650 ޑޮލަރަށްވާ ދިވެހި ރުފިޔާ ޗާޖުކުރެވޭނެ އެވެ. މި ފީ ހިމަނައިގެން މިހާރުގެ ރޭޓުން ބަލާނަމަ (1.3x15.42) 500 ޑޮލަރުގެ ވިޔަފާރި ކުރުމަށް ޑޮލަރަަކަށް ޗާޖުކުރެވެނީ 20 ރުފިޔާ އެވެ.
މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭކަމަށްވެސް ބޭންކުންވަނީ ބުނެފައެވެ. ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާނެގޭ ލިމިޓް ބީއެމްއެލް އިން ވަނީ މަހަކު 125 ޑޮލަރާ ހަމައަށް ކުޑަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްއިން ފައިސާ ނަގާ ކޮންމެ ފަހަރަކު 10 ޑޮލަރުގެ ފީއެއް ނެގުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ޝެއިން އަދި ޓެމޫ ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ކުރާ ކޮންމެ 100 ޑޮލަރުގެ ވިޔަފާރިއަކަށް 30 ޑޮލަރުގެ ފީއެއް ނަގަނީ

ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
.jpg&w=3840&q=75)
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތަކުން ވަކި އަދަދެއް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހޭދަކުރަނީ
