
-
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި ބީ.އެމް.އެލް. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އަދި އެމް.ޑީ. އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ.
މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް މިނިސްޓްރިން ބުނެއެވެ. އެގޮތުން މި ސްކީމްތަކަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި އެ މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސްއާ އެކު 24 އޮކްޓޫބަރު 2024 ގައިވެސް ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަޙައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތި އަދި ގެ އަޅަންފަށާ ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ޙައްލެއް ލިބި ގެދޮރުނޭޅިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މި ޕްރޮގްރާމް އިފުތިތާހު ކުރެވުނީ 05 ނޮވެންބަރު 2024 ގައި އެވެ. އަދި 08 ނޮވެންބަރު 2024 ގައި އުސޫލްތައް ގެޒެޓްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި އިރު 30 މޭ 2025 ގައި މުއްދަތު ހަމަވެފައިވާ މި ސްކީމަށް މުޅި ޖުމްލަ 2256 ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ރަށްވެހި ސްކީމަށް 1329 ފޯމު، ސަހަރު ސްކީމަށް 586 ފޯމު އަދި ފަހިމާލެ ސްކީމަށް 341 ފޯމު ވަނީ ހުށަހަޅާފައި އެވެ.
މިނިސްޓްރީން ބުނީ މިވަގުތު ފޯމްތަށް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރެވެމުންދާ ކަމަށާއި އިވެލުވޭޝަން ނިމުމުހާ އަވަހަކަށް ފައިނޭންޝަލް އިންސްޓިޓުތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ފޯމްތައް އެފަރާތްތަކަށް ފޮނުވިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ އުސޫލްތަކަށް 2025 ފެބުރުވަރީ 17 ވަނަ ދުވަހު އިސްލާހު ގެނެވުނު އިރު 3 ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކްތަކުން ލޯނު ދޫކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ޝެއިން އަދި ޓެމޫ ފަދަ އީކޮމާސް ޕްލެޓްފޯމަތަކުން ކުރާ ކޮންމެ 100 ޑޮލަރުގެ ވިޔަފާރިއަކަށް 30 ޑޮލަރުގެ ފީއެއް ނަގަނީ

ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
.jpg&w=3840&q=75)
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތަކުން ވަކި އަދަދެއް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހޭދަކުރަނީ
