
އަންނަ މަސް ނިމުމުގެ ކުރިން ބ އަތޮޅުގަައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ - ރައީސް
# ރައީސް މުއިއްޒު# ބ އަތޮޅު-
ކުރިޔަށް އޮތް ޖުލައި މަަސް ނިމުމުގެ ކުރީން ބ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކު، އާރްޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވި މިއަދު ރ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އެމަނިކުފާނު ވި ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް މިއަދު ފަށާފައިވާ ކަމަށާއި މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން ކަމަށެވެ.
އާރްޓީއެލްގެ ޚިދުމަތް ރ. އަތޮޅުގައި ފެށުމަށްފަހު ޖުމުލަ 10 އަތޮޅެއްގައި މިހާރު އަންނަނީ ދެމުންނެވެ. އެއ،ީ ޒޯން 1 ގެ ހއ،. ހދ،. ށ. އާއ،ި ޒޯން 2 ގެ ނ،. ރ. ޅ. އާއ،ި ޒޯން 5 ގއ،. ގދ. އަދި ޒޯން 6 ގެ ޏ،. ސ. އަތޮޅެވެ.
ގުޅުންހުރި

މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމަށް ބޮޑުވަޒީރު ވޮންގް އާއިއެކު މަޝްވަރާކޮށްފި

ރައީސް މުއިއްޒު ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސްގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި
