
މަޑިވަރު ކައިރިން ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޅ މަޑިވަރު ކައިރީ ކަނޑުމަތީގެ އެކްސިޑެންޓެއްގައި ހިނގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޅ މަޑިވަރު އެއާޕޯޓާއި ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 20:26 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ޑިންގީގައި ތިބި 3 މީހުންނަށް އަނިޔާވުމާއި ގުޅިގެން ޅ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަންވެސް ވަނީ ހާމަކޮށްފައި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ، އެކްސިޑެންޓުވުމަށްފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ޑިންގީ އަޑިޔަށް ދިޔައީ ކަމަށެވެ. އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ޑިންގީ ފެނިފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުން - ނަވީން

އޯކިޑް ބިލްޑިންގ އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުތައް މިލަންދޫގައި ބަހައްޓައިފި
.jpg&w=3840&q=75)