logoEN
Sto top
ހިންނަވަރުގައި ފުލުހުންގެ " ހިއްސާ " ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

ހިންނަވަރުގައި ފުލުހުންގެ " ހިއްސާ " ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

6/25/2025, 9:51:11 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ޅ. ހިންނަވަރުގައި އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ހިއްސާ ޕްރޮގްރާމް 2025" ނަމުގައި ޕްރޮގްރާމް އެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ޕްރޮގްރާމުގެ މަގުސަދަކީ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކޮށް، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކީ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި އަދި ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށާއި ރަށުގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ އިތުރުން ހިންނަވަރަކީ ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމުކުރާ ބަޔަކު ދިރިއުޅޭ މުޖުތަމައެއްކަން ކަށަވަރުކުރުމެވެ.

މި ޖޫން މަހުގެ 14 އިން 23 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް އިންޑޯރ ކުލާސްތަކާއި ޕްރެކްޓިކަލް އައުޓްޑޯ ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 31 މީހުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside