
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުތައް މިލަންދޫގައި ބަހައްޓައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑު އިފްތިތާހުކުުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ ހަވީރު މިލަންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި، ބިލްބޯޑު އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ށ. އަަތޮޅު ކައުންސިލު ރައީސް މުޙައްމަދު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓީވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން މިލަންދޫ ކައުންސިލާއި އެހެނިހެން އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި މިލަންދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.
މި ރަސްމިޔާތުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރުކުރުކުރުމަށް މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެކްސިޑެންޓުތަކުގައި އަމަލުކުރާނެ ގޮތްތައް ދައްކުވައި ދިނުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ހާދިސާއެއް ހިނގުމުން އަމަލުކުރާނެ ގޮތްތައް އާންމު ރައްޔިތުންނަށް އެނގިގެންދާނެއެވެ.
މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ބެނާތަކާއި ބޯޑުތައް ހިފައިގެން ރަށުގެ އެކި މަގުތަކުގައި ހާއްސަ ހިނގައިލުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރާކަތްތަކަށް މިލަންދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް މިލަންދޫގައި ކުރިއަށް ގެންދަނީ މިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.
ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ.
ގުޅުންހުރި

ހަށިގަނޑުގައި ރައްކާކޮށްގެން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރަށް!

އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ދުވާފަރުން މީހަކު ހައްޔަރުކޮށްފި
