logoEN
Sto top
އިރާނުން މިރޭ ދިން ހަމަލާ ސައުދީން ކުށްވެރިކޮށްފި: ބުނަނީ އިރާނުން ބައިނަލަގްވާމީ ގާނޫނުތަކާއި ހިލާފުވެއްޖެ ކަމަށް!

އިރާނުން މިރޭ ދިން ހަމަލާ ސައުދީން ކުށްވެރިކޮށްފި: ބުނަނީ އިރާނުން ބައިނަލަގްވާމީ ގާނޫނުތަކާއި ހިލާފުވެއްޖެ ކަމަށް!

އަހުމަދު ޝުރާއު

logo

6/23/2025, 6:29:09 PM

# ސައުދީ އަރަބިއްޔާ

އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އަލް އުދީދު އަށް ދިން ހަމަލާ ސައުދީ އަރަބިއްޔާއިން ކުށްވެރިކޮށްފި އެވެ.

Wamco

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގަތަރުގެ އަލް އުދީދު އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަން ފާހަގަކޮށް ސައުދީން ނެރުނު ކުރު ބަޔާނުގައި ބުނީ ގަތަރުގެ އެއްބަނޑު އެއްބަފާ ދައުލަތާ އެކު ސައުދީން ސާބިތުކަމާއި އެކު އޮތް ކަމަށެވެ.

ސައުދީގެ އިތުރުން މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އިރާނުން މިރޭ ގަތަރުގެ ފަސްގަނޑަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި މިސްރާއި ޔޫއޭއީ އަދި ގަލްފްގެ ގިނަ ގައުމުތައް ހިމެނެއެވެ.

އިރާނުން މިރޭ ހަމަލާދިނީ ގަތަރުގައި ހުންނަ އެމެރިކާގެ މެދުއިރުމަތީ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއާބޭސް ކަމަށްވާ އަލް އުދީދު އެއާބޭސްއަށެވެ. އިރާނުގެ މި ހަމަލާއަކީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެން ދިން ރައްދަު ހަމަލާއެކެވެ.

މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގައުމުތެކެވެ. އެގޮތުން ސައުދީގައިވެސް އެމެރިކާގެ އަސްކަރީ ބޭސްތަކެއް ހުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside