
އުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 42 އުމްރާވެރިޔަކު މަރުވެއްޖެ
# ސައުދީ އަރަބިއްޔާ-
ސައުދީ އަރަބިއްޔާގެ މުފްރީހަތު ކައިރިން ހޯމަ ދުވަހުގެ ވަގުތެއްގައި މައްކާއިން މަދީނާއަށް ދަތުރުކުރި ބަހެއް ޑީސަލް ޓޭންކަރަކާ ޖެހި އިންޑިއާއަށް ނިސްބަތްވާ 42 އުމްރާވެރިއަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާއަކީ މިހާތަނަށް މިއަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.
މި އެކްސިޑެންޓު ހިނގި ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިތި ކަމަށާއި އެ އެންމެންނަކީ ވެސް އިންޑއިާގެ ހައިދަރްއާބާދަށް ނިސްބަތްާ މީހުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާ ހިނގީ އެމީހުން މައްކާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައި ރާއްޖެ ގަޑިން ރޭ މެންދަރު 01:00 ހާއިރު އެވެ. ޑީސަލް ބަރުކޮށްފައި އޮތް ޓޭންކަރުގައި ބަސް ޖެހުމާއިއެކު ވަގުތުން ބަހުގައި އާއި ޓޭންކަރުގައި ރޯވި ކަމަށް ސައުދީގެ އޮފިޝަލުން ބުނެފައިވާއިރު މި ހާދިސާއާއި ގުޅިގެން ބޮޑު ތަހުގީގެއް މިހާރު ސައުދީ ސަރުކާރުން ވަނީ ފަށާފައި އެވެ.
މި ހާދިސާއާއި ގުޅިގެން ސައުދީ ސަރުކާރުން މިހާތަނަށް ރަސްމީގޮތުން ބަހެއް ބުނެފައިނުވާއިރު އިންޑިއާ ސަރުކާރުން ވަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައި އެވެ.
ގުޅުންހުރި

އުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 42 އުމްރާވެރިޔަކު މަރުވެއްޖެ
.webp&w=3840&q=75)
ސައޫދީގެ އެންމެ މަތީ މުފްތީ އަވަހާރަވުމާއިގުޅިގެން ރާއްޖޭގައިވެސް ޣައިބަށް ކަށުނަމާދު ކުރަނީ

ސައުދީއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި





