logoEN
Sto top
ނޮޅިވަރަމް ސްކޫލުގައި ކުރިޔަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ނޮޅިވަރަމް ސްކޫލުގައި ކުރިޔަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

6/21/2025, 12:07:57 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހދ. ނޮޅިވަރަމް ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕޮރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Wamco

ނޮޅިވަރަމް ސްކޫލުގައި އިއްޔެ ބޭއްވި މި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީއެވެ. މި ރަސްމިއްޔާތުގައި، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހުއާއި، ހދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސިނާންއާއި، އަޕަރ ނޯތު ޕޮލިހު އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ. އަދި ނޮޅިވަރަމް ކައުންސިލްު ރައީސާއި ނައިބު ރައީސްގެ އިތުުރުން ރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި ޓްރެފިކް މޮނީޓަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވި 33 ދަރިވަރުންނާއި ޓްރެފިކް ކޯޑިނޭޓަރުންގެ ގޮތުގައި ތަމްރީނުވި ފަސް މުދައްރިސުންނަށް ސެޓްފިކެޓާއި ޓްރެފިކް ވެސްޓް ހަވާލުކޮށްފައިވެއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެނަޝަނާއި ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ސްކޫލު ގުޅިގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޖޫން މަހުގެ 14 އިން 18 އަށް ނޮޅިވަރަމް ސްކޫލުގައެވެ.

މި ޕްރޮގްރާމުގައި، ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގުޅޭ މައުލޫމާތު ދީފައިވެއެވެ. އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުންސެލްފް ޑިފެންސް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside