
ތިނަދޫ ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތްތިނަދޫ ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު ބުނީ ތިނަދޫ ސިޓީ ފެރީ ޓާމިނަލް ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށާއި އެކަމުގެ ރިޕޯޓު ފުލުހުންނަށް މިއަދުގެ 13:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެކްސިޑެންޓުވި ލޯންޗުގައި 3 އަންހެނުންނާއި އެއް އަހަރު ނުވާ ކުޑަކުއްޖެއްގެ އިތުރުން 2 ފަޅުވެރިންނާއި އެކު ޖުމުލަ 6 މީހަކު ތިބި ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި 6 މީހުންގެ ތެރެއިން 4 މީހަކަށް އަނިޔާވެފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރާއި 28 އަހަރުގެ ދެ އަންހެނުންގެ އިތުރުން 29 އަހަރާއި 50 އަހަރުގެ ދެ ފަޅުވެރިންކަމަށް ފުލުހުން ބުނެއެވެ. 50 އަހަރުގެ މީހާއަކީ ލޯންޗުގެ ކެޕްޓަނެވެ.
އެކްސިޑެންޓުގައި އަނިޔާވި އެންމެނަށް މިހާރު ދަނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ގދ ހޯނޑެއްދޫއިން ބަޔަކު ގޮވައިގެން ތިނަދޫއަށް އައިތަނާހެންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ސިޓީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި




