
ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް ޓްރޭނިންގއެއް ހިންގައިފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްސް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޚާއްސަކޮށް “އެންހޭންސިންގ ދަ ރޯލް އޮފް ޕްރިޒަން އޮފިސަރސް އިން އޮފެންޑަރ ރިހެބިލިޓޭޝަން” ޓްރޭނިންގ ޕްރޮގްރާމް ހިންގައިފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖުމްލަ 16 ބައިވެރިން ހިމެނެއެވެ.
ޖޫން 18 ން 19 އަށް ހިންގި މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޤައިދީން އިސްލާހުކުރުމަށް ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކޮށް، އެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ރިހެބިލިޓޭޝަންގެ ޒަމާނީ އުކުޅުތައް ދަސްކޮށްދީ، އެ އޮފިސަރުންގެ ޤާބިލިއްޔަތު ކުރިއެރުވުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.
ގުޅުންހުރި

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޖަލުތަކުގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމެއް!

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އައްސޭރި ޖަލުގައި ހުޅުވައިފި

ރިހެބިލިޓޭޝަން މަސައްކަތްކުރާ ޖަލު އޮފިސަރުންތަކެއް ލަންކާގައި ތަމްރީނެއް ފުރިހަމަކޮށްފި
