logoEN
Sto top
ބަންޑާރަ މިސްކިތް ރީތިކޮށް ފެހިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ބަންޑާރަ މިސްކިތް ރީތިކޮށް ފެހިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

އަހުމަދު ޝުރާއު

logo

6/19/2025, 12:54:47 PM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ބަންޑާރަ މިސްކިތުގެ، ފާޙާނަބަރިއާއި ވުޟޫކުރާތަން ރީތިކޮށް، މިސްކިތުގެ ގޯތިތެރެ ފެހިކުރުމަށް ގަސް އިންދުމުގެ މަސައްކަތް ފަށައިފިއެވެ.

Wamco

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތައް ބޭނުންކުރާ، ލޮބުވެތި ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް އެ ތަންތަން ހެދުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. އެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބަންޑަރަ މިސްކިތް ރީތި ކުރުމަށް، މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ އިތުރުން، މިހާރު މިސްކިތުގައި ހުރި ފާހާނަ ބަރިއާއި ވުޟޫ ކުރާތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު، ކުރިއަށްދާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ބަންޑާރަ މިސްކިތުގެ މި މަސައްކަތް ނިމިގެންދާއިރު، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ބަންޑާރަ މިސްކިތަކީ، މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަޙައްދުގައި ހުންނަ މިސްކިތެކެވެ. އެހެންވުމުން، ހުރިހައި ނަމާދު ވަގުތަކަށް މި މިސްކިތަށް ވަރަށް ގިނަ ބަޔަކު ނަމާދުކުރަން ދާކަން ފާހަގަ ކުރެވެއެވެ. މިހާރު ފެށިފައިވާ މި މަސައްކަތް ނިމުމުން، މި ހުރިހައި ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި ފަސޭހަތައް ލިބިގެންދާނެއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މިސްކިތްތައް ރީތިކޮށް ބޭއްވުމަށް، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށާއި، މިހާރު ވެސް މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން، ކައުންސިލަށް ލިބެމުންއަންނަ ފުރިހަމަ އެއްބާރުލުމަށް، މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވާކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside