logoEN
Sto top
 ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

އަހުމަދު ޝުރާއު

logo

6/18/2025, 6:54:42 PM

# އެމްޓީސީސީ

-

ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Wamco

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއިއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން، 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

2272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އެކި ކަހަލަ ވިޔަފާރިތައް ކުރިޔަށް ދާތ،ީ މި ރަށް ވެފައިވަނީ ތ އަތޮޅުގެ ވިޔަފާރީގެ ހަބަކަށެވެ. ރަށުގައި އެއާޕޯޓެއް އޮތުމަކީ މި ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ. އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާއިރު އެކަމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިރަށު ރައްޔިތުން ދެކެއެވެ.

އެހެންކަމުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަށްފަހު މުސްތަގުބަލުގައި އެއާޕޯޓެއް ހުޅުވިގެންދިއުމަކީ، މުޅި ތ. އަތޮޅަށްވެސް އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، މި އެއާޕޯޓްގެ ސަބަބުން މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside