logoEN
Sto top
ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ ހުނަރު ކުރިއެރުވުމަށް ޕްރޮގްރާމެއް ފަށައިފި

ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ ހުނަރު ކުރިއެރުވުމަށް ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

6/16/2025, 12:52:25 PM

# ހެލްތު މިނިސްޓްރީ

--

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

Wamco

މި ޕްރޮގްރާމަކީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިއުޓުގެ ޓްރޭނިންގ ޑައިރެކްޓަރީ 2025 ގައި ސްޕެޝަލް ޕްރޮގްރާމްއާއި އެއްގޮތަށް މަހުންމަހަށް ޚާއްސަކޮށްގެން އެކި މިނިސްޓްރީތަކަށް ކަސްޓަމައިޒްކޮށްގެން ހިންގާ ކެޕަރސިޓީ ބިލްޑިންގ ޕްރޮގްރާމެކެވެ.

އެގޮތުން މިނިސްޓްރީ އޮފް ހެލްތަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގައި ސިވިލްސަރވިސް ޤަވާއިދު، ސަރވިސް އެކްސެލެންސް، އިންޓަޕާސަނަލް ސްކިލްސް އެންޑް އެފެކެޓިވް ކޮމިއުނިކޭޝަން އަދި އިންކުއަރީޒިން ޕާރފޯމެންސް ވިތް އަ ޕޮޒިޓިވް މައިނޑްސެޓް ހިމެނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖޫން އިން 25 ޖޫންގެ ނިޔަލަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފުންނާއި އަތޮޅުތެރޭގެ މުވައްޒަފުން ވެސް ބައިވެރިވާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside