logoEN
Sto top
ކުލަބް ވޯލްޑްކަޕް: އޮކްލޭންޑްސިޓީ އަތުން ބަޔާން މިޔުނިކަށް ތަފާތުބޮޑު މޮޅެއް

ކުލަބް ވޯލްޑްކަޕް: އޮކްލޭންޑްސިޓީ އަތުން ބަޔާން މިޔުނިކަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝާއިން

logo

6/16/2025, 3:45:12 AM

# ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޭރު ދުނިޔޭގެ ކުޅިވަރު

ބަޔާން މިޔުނިކާއި އޮކްލޭންޑްސިޓީ ވާދަކުރި މެޗުގެ ތެރެއިން..

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ރޭ ނިއުޒިލޭނަްޑްގެ އޮކްލޭންޑްސިޓީ އާއި ޖަރުމަނުގެ ޗެންޕިއަން ބަޔާން މިޔުނިކް ވާދަކުރި މެޗު ފަސޭހަކަމާއެކު 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަޔާން މިޔުނިކް އިން ކާމިޔާބުކޮށްފިއެވެ.

Wamco

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިިޔާބުކުރިއިރު، މުޅި މެޗުގައި ވެސް އޮކްލޭންޑްސިޓީ ސިޓީއަށް ބަޔާންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

އެގޮތުން މިމެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ބަޔާން މިޔުނިކްގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ހެޓްރިކް ހެދިއިރު، އެޓީމުގެ، ކިންގްސްލީ ކޯމަން، ތޯމަސް މުލާ، މިކޭލް އޮލިސޭ މިއިން ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަޗާ ބޮއީ އެވެ.

މިމުބާރާތުގައި މިއަހަރު ޖުމްލަ 32 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 32 ޓީމު ހަތަރު ޓީމުގެ އަށް ގުރޫޕަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside