logoEN
Sto top
އިންފުލުއެންޒާ އިތުރުވަމުންދާތީ ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދަން އެދެފި

އިންފުލުއެންޒާ އިތުރުވަމުންދާތީ ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދަން އެދެފި

އަހުމަދު ޝުރާއު

logo

6/11/2025, 8:19:55 AM

# ހެލްތު މިނިސްޓްރީ

-

އާއްމުރޯގާ އަދި އިންފުލުއެންޒާ ގެ ކޭސްތައް އިތުރުވަމުން އަންނާތީ ބަލި މީހުންނަށް ޒިޔާރަތް ކުރަން ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ގޮވައިގެން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދެފިއެވެ.

Wamco

މިހާރު ފެތުރެމުންދާ ރޯގާތަކާއި ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއެގެ ފަރާތުން ވަނީ ވާހަކަ ދައްކާފައެވެ.

މި ޕްރޮގްރާމުގައި ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ މިހާރު މިހާރު އާއްމު ރޯގާތަކުގެ އިތުރުން އިންފުލެންޒާ އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން ހުން އިތުރުވާ ދުވަސްވަރު ހޮސްޕިޓަލަށްވެސް ބާރު ބޮޑުވާކަން ފާހަގަކޮށް ޑރ. އިޔާޒް ވިދާޅުވީ 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ގޭގައި މަޑުކޮށްގެން ޕެނެޑޯލް ކައިގެން ގޭގައި މެނޭޖްކުރެވޭނަމަ އެކަން ކުރުމަށް އެދިވަޑައިގަތެވެ. އެހެން ނަމަވެސް އަބަދުވެސް ދިފާޢީ ނިޒާމް ބަލިކަށި ފަރާތްތަަށް ކަމަށްވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ގޭގައި ފަރުވާދީގެން ހުން ކޮންޓްރޯލް ނުކުރެވޭކަމަށް ހީވިއަސް އަވަހަށް ހޮސްޕިޓަލަށް ދިއުމަށް ޑރ އެދިވަޑައިގެންނެނެވިއެވެ.

އަދި މި ދުވަސްވަރު މިފަދަ ކޭސްތައް އިތުރުވާތީ ޚާއްޞަކޮށް ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ހޮސްޕިޓަލަށް ނުގެްނދިއުމަށް ޑރ. އިޔާޒް އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނައިން ބޭރުތެރެއަށް ނުދިއުމަށް ވެސް އެދިފަައެވެ.އަދި ޚާއްޞަކޮށް ހަމަސްނުފުރޭ ތުއްތު ކުދިންނާއި .، ފަސް އަހަރުންދަށުގެ ކުދިން ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ނުގެންދިއުމަށް ޑޮކްޓަރ އެދިވަޑައިގެންނެވިއެވެ.

އެޗްޕީއޭގެ ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވަނީ މި ދުވަސްވަރު ރޯގާ، އިންފުލުއެންޒާ އަދި ކޮވިޑް ކޭސްތައް ގިނަކަން ފާހަގަކުރައްވާފައެވެ. މިދުުވަސްވަރު ޑެންގީގެ ކޭސްތައް މަދުނަމަވެސް ކުރިއަށް އޮތް ދުވަސްވަރަކީ އާއްމުކޮށް ރާއްޖޭގައި ޑެންގީ ކޭސްތައް އިތުރުވާ ދުވަސްވަރެއްކަން ފާހަގަކޮށްފައެވެ.އެގޮތުން އޮގަސްޓަމަހާއި ހަމައަށް ޑެންގީ ކޭސްތައް އިތުރުވާނެތީ އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside