
-
އިންޓަރނޭޝަނަލް ބޯޑަރުގައި ހެލްތު ސްކްރީނިންގެ މަސައްކަތްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރިޓަޔާޑް) އަހުމަދު ފަސީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިން ބައްދަލުކުރައްވައިފި އެވެ.

މި މަޝްވަރާ ކުރެއްވުމުގައި ފާހަގަ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންގެ ދަށުން މޮނިޓަރކޮށް ބަލަހައްޓާ ބަލިބަލީގެ ސަރވޭލަންސް ބެލެހެއްޓުން އިތުރަށް ރަގަޅުކުރުމުގެ ގޮތުން އެކަން ކުރުމަށް މިހާރު ހަމަޖެހިފައިވާ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމާއި އިމުގަ ސިސްޓަމް މެދުވެރިކޮށް މި ފަދަ ސަރވޭލަންސަށް މަގުފަހިވެގެން ދާނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން އާ ޓާމިނަލްގެ މަސައްކަތް ފަށާއިރު ހެލްތު ކައުންޓަރުން ފަސިންޖަރުންނަށް ފަސޭހައިން ރިޕޯރޓްކުރެވުމަށާއި މައުލޫމާތު ފޯރުކޮށްްދިނުމަށް މަގުފަހިވާގޮތަށް ވޭނެގޮތަށްް ތަނުގެ ލޭއައުޓް ހަމަޖެއްސުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ހަމްދާން އަދި އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ ކަންކަން ބަލަހައްޓަވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ގުޅުންހުރި

އާ ހޮސްޕިޓަލް އިމާރާތް ކުރަން ވިލިމާލެ ހޮސްޕިޓަލް އަމާންހިޔާއަށް ބަދަލުކުރަނީ

ސްޕެޝަލައިޒްޑް ކެއާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ އަސްކަރީ ސިއްހީ ދާއިރާގެ މުއައްސަސާތަކާއި މަޝްވަރާކޮށްފި

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު!
