logoEN
Sto top
އޮސްޓްރިއާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އޮސްޓްރިއާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/10/2025, 9:33:10 AM

# އޮސްޓްރިއާ

-

އޮސްޓްރިއާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

Wamco

އަލްޖަޒީރާއިން ދާދި ދެންމެ އަކު ރިޕޯޓުކޮށްފައިވާ ގޮތުގައި އޮސްޓްރިއާގެ ގްރާޒް ސިޓީގެ ސްކޫލެއްގައި ހިންގި ބަޑީގެ ހަމަލާއެއްގައި ގިނަ ބަޔަކު ވަނީ މަރުވެފައި އެވެ.

އޮސްޓްރިއާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ މި ހަމަލާގައި ގިނަ ބަޔަކު މަރުވެ އަދި ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް ސީދާ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އޮސްޓްރިއާގެ މީޑިއާތަކުން ލަފާކުރާ ގޮތުގައި މި ހާދިސާގައި މަދުވެގެން އަށް މީހަކު ވަނީ މަރުވެފަ އެވެ.

އޮސްޓްރިއާގެ ޕްރެސް އެޖެންސީން ގްރާޒްގެ މޭޔަރު އެލްކޭ ކަހްރުއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހަމަލާދިން މީހާ ވެސް ހިމެނެއެވެ

އޮސްޓްރިއާގެ ނޫހެއް ކަމަށްވާ ކްރޮނެން ޒީޓުންގް ފާހަގަކުރި ގޮތުގައި ހަމަލާދިން ސްކޫލުން ބަޑީގެ އަޑު އެންމެ ފުރަތަމަ އިވުނީ ހެނދުނު 10:00 އެހާކަންހާއިރު ކަމަށާއި ހަމަލާ ދީފައިވަނީ ދެ ކްލާސްރޫމެއްގައި ކަމަށެވެ.

މި ހާދިސާ އެގައުމުގެ މީޑިއާއިން ސިފަކޮށްފައި ވަނީ އެގައުމުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާގެ ގޮތުގަ އެވެ.

އޮސްޓްރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގްރާޒް އަކީ އެގައުމުގެ އިރުދެކުނުން އޮންނަ ސިޓީއެވެ. އެ ސިޓީގެ އާބާދީއަކީ ގާތްގަނޑަކަށް ތިން ލައްކަ އެއްހާ މީހުން ދިރިއުޅޭ ސިޓީއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside