logoEN
Sto top
ސައުދީގެ ހައްޖުގެ ކަންކަމާއި ބެހޭ ވަޒީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ސައުދީގެ ހައްޖުގެ ކަންކަމާއި ބެހޭ ވަޒީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/8/2025, 1:25:10 PM

# ރައީސް މުއިއްޒު

-

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ޑރ ތައުފީގް އެފް އަލް ރާބިއާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚާއްސަ މެހެމާންދާރީގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިހާރު ސައުދީ އަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައިމާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީއަހުދާއި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރައްވައި، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދެވޭ އާދަޔާ ޚިލާފު މެހެމާންދާރީއަށް ތައުރީފް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އަރިހުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside