logoEN
Sto top
އައްޑޫއާއި ފުވައްމުލައް ހުދު ސަމާލުގައި!

އައްޑޫއާއި ފުވައްމުލައް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

6/8/2025, 12:06:38 PM

# ހުދު ސަމާލު

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިރޭގެ 18:30 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު މޫސުމީ އިންޒާރެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ 09 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުންއާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޯދުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

މިއާއިއެކު އެއިދާރާއިވަނީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމާތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC