logoEN
Sto top
ލ ގަމުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވަޒީރު  ޢާއިޝަތު ޝިހާމް!

ލ ގަމުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވަޒީރު ޢާއިޝަތު ޝިހާމް!

އަހުމަދު ޝުރާއު

logo

6/5/2025, 9:41:31 AM

# ބޮޑު އީދު

--

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ލ.ގަމުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ގަމަށް ވަޑައިގެންފި އެވެ.

Wamco

ވަޒީރު ޑރ. ޢާއިޝަތު ޝިހާމަށް ލ. ކައްދޫ އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހައްދުއްމަތީ ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔޫސުފް ނަޝީދާއި، ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއާާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ވުޒާރާގެ ޓީމުގެ ބޭފުޅުންގެ އިތުރަށް، ފޮނަދޫ ކައުސިލްގެ ރާއީސް އަޙްމަދު ރިޔާޒާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާނެވެ.

ހައްދުންމަތީ ގަމުގެ ތިން އަވަށުގައި ވެސް ވަރަށް ފޯރިޔާއެކު މި އަހަރު ގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގަމުގެ ރައްޔިތުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަނުންނެވެ.

ރަށުގެ ހުރިހައި އުމުރެއްގެ އަންހެން ފިރިހެން އަދި ޒުވާނުންނާއި އިސް ރަށްވެހީންގެ ބައިވެރިވުމާއެކު ކައުންސިލްގެ ފަރާތުން ދަނީ މި ފަހަރުގެ ޢީދު އެހެން އަހަރުތަކާ ޚިލާފަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރީތައްވަމުންކަމުގައި ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.

ހައްދުންމަތީ ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ. މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށުގެ ހަރަކާތްތައް ވެސް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside