logoEN
Sto top
އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

އަހުމަދު ޝުރާއު

logo

6/3/2025, 6:46:29 AM

# މޯލްޑިވްސް އިމިގްރޭޝަން

--

ޙައްޖު ދުވަހާއި ބޮޑު އީދު ބަންދުގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

Wamco

އިމިގްރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓްގައި ވަނީ، މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދަށް ލިބޭ އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. ޚިދުމަތް ނުލިބޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުއެވެ.

ދިވެހި ޕާސްޕޯޓަށް އިމުގާ މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ހުށަހެޅޭއިރު މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުންނެވެ. އެހެންނަމަވެސް އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ 9555333 ނަންބަރު ފޯނުން ޚިދުމަތް ލިބުމުގަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ވިސާގެ ޚިދުމަތް 5 ޖޫން އިން 9 އަށް ދޭނީ ހަމައެކަނި އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިދުވަސްތަކުގައިވެސް ރާއްޖެ އަންނަ މީހުންނަށް އިމުގާ ޕޯރޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑިކްލަރޭޝަން"އަށް އެދެވޭނެއެވެ. އިމަރޖެންސީ ޙާލަތުގައި ވާރކް ވިސާއަށް ގުޅާނީ 9199153 އަދި ޕާރމިޓް ހޯދަން ގުޅާނީ 9199157އަށް ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެންފޯރސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ޙައްޖު ދުވަހާއި ޢީދު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ހެނދުނު 08:00 އިން ހަވީރު 16:00އަށް ލިބޭނެއެވެ. އަދި މާލޭގެ ސީޕޯޓްގެ ޑިވިޜަންގެ ޚިދުމަތް ހޮނިހިރުން ބުރާސްފަތި ދުވަހު ހެނދުނު 8 އިން ރޭގަނޑު 22:00އަށް ހުކުރު ދުވަހު މެންދުފަހު 14:30 އިން ރޭގަނޑު 22:00އަށް ލިބޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside