logoEN
Sto top
އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 549 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި

އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 549 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

5/30/2025, 1:26:21 PM

# މޯލްޑިވްސް އިމިގްރޭޝަން

-

އިމިގްރޭޝަންއިން ހުޅުވާލާފައިވާ 50 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް އެދި ހުށަހެޅި ފަރާތްތަކުގެ އިމްތިހާނު ކުރިޔަށް ގެންގޮސްފި އެވެ.

Wamco

އިމިގްރޭޝަނުން މިއަދު ބުނީ އެއިދާރާއިން ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާން މި މަހުގެ 28 އަދި 29 ވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ.

އަދި އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުން ކަމަށާއި ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

މި އިމްތިހާނުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ވަނީ ވަޑައިގެންފައިއެވެ.

އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވިއެވެ. އަދި އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތަކުން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އިމިގްރޭޝަނުން ބުނީ މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. ވޯކް އިން އިންޓަވިއުގެ މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިއެވެ. އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside