logoEN
Sto top
ސްޓެލްކޯއިން މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކުރީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް!

ސްޓެލްކޯއިން މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކުރީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް!

އަހުމަދު ޝުރާއު

logo

6/2/2025, 5:33:03 PM

# ސްޓެލްކޯ

--

ސްޓެލްކޯއިން މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކުރީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށް އެކުންފުނީން މިއަދު ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.

އަދި މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓުބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ ޖޫން މަހުގެ 1 އިން ފެށިގެން ކުޑަކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައި އެކަން ރަސްމީކޮށް އިއުލާނުކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން ރައީސް ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޓެރިފް ރޭޓްތަކަށް ގެންނަ ބަދަލުވެސް ރައީސް ވަނީ އެޕޯސްޓުގައި ހިއްސާކުރައްވާފައި އެވެ.

ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް

  • ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
  • ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
  • ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
  • ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
  • 600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މަޢާފްވެސް ކޮށްދެއްވާފައެވެ. ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside