logoEN
Sto top
ޕަވާ ގްރިޑަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ، ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން - ފަހުމީ

ޕަވާ ގްރިޑަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ، ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން - ފަހުމީ

އަހުމަދު ޝުރާއު

logo

6/1/2025, 1:52:32 PM

# ސްޓެލްކޯ

--

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

Wamco

ފަހުމީ ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ މިއަދު ދިމާވި ކުއްލި ބްލެކްއައުޓުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިފައި އެވެ. އަދި ގްރޭޓާ މާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަންވެސް ހާމަކުރައްވާފައި އެވެ.

ފަހުމީގެ ޕޯސްޓުގައި ވަނީ ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާފައި އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނީ މިއަދުގެ މެންދުރު 12:45 ހާއިރު އެވެ. އެވަގުތުން ފެށިގެން ސްޓެލްކޯއިން ކަރަންޓު ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދިޔައިރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފެށުނީ މިއަދު ހަވީރު 3 ޖެހިފަހުންނެވެ. އަދި ޖަނަރޭޓަރުތައް އެނާޖައިޒްކޮށް ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އެއްކޮށް ކަރަންޓު ދެވިފައިވަނީ މިއަދުގެ 18:05 ހާއިރު އެވެ.

ކުއްލި ގޮތަކަށް ދިމާވި ބްލެކްއައުޓާއި އެކު އެކަން ހިނގި ގޮތް ބަލައި ތަހުގީގު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި އެވެ. އަދި އެއާއިއެކު ފުލުހުން ވަނީ އެކަމުގެ ތަހުގީގެއްވެސް ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside