logoEN
Sto top
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

އަހުމަދު ޝުރާއު

logo

6/1/2025, 1:39:45 PM

# ސްޓެލްކޯ

-

މިއަދު މާލެ ސަރަހައްދަށް ކިރިމަތިވި ބޮޑު ބްލެކްއައުޓަށްފަހު މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން ދާދި ދެންމެ އަކު ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިފައިވާ ކަމަށާއި ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމަރެއް އެނާޖައިޒް ކުރެވިފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވާ އެހެން ސަހަރައްދުތަކުގެ ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އެމާޖެންސީ ނަމްބަރު 104 އަށް ގުޅުއްވުމަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

ކުއްލި ގޮތަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރު އެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވާއިރުސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.

ކުއްލި ގޮތަކަށް މިފަދަ ކަމެއް ދިމާވުމާއި އެކު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި އެވެ. އަދި ފުލުހުން ވަނީ މިއަދު ހަވީރު މި މައްސަލައިގެ ތަހުގީގު ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside