logoEN
Sto top
18 އަހަރުން މަތީގެ ގެދޮރު ނެތް ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނަން - ރައީސް

18 އަހަރުން މަތީގެ ގެދޮރު ނެތް ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނަން - ރައީސް

އަހުމަދު ޝުރާއު

logo

5/31/2025, 8:39:48 AM

# ރައީސް މުއިއްޒު

-

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ގެދޮރު ނެތް ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިއަދު ދައުލަތުގެ މީޑިއާ، ޕިއެސްއެމްއަށް ދެއްވި ޚާއްަސަ ބަސްދީގަތުމެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ގޮދޮރުވެރިކަން ކަށަވަރުކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެވައުދުފުޅު ފުއްދަވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ދިއިރުޅޭ ރައްޔިތުންނާއި މާލޭގެ ރަށްވެހިންގެ ތެރެއިން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް މިއަހަރު ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވައި އެކަމުގެ ލިޔުން ހަވާލުކުރައްވާނެ ކަމަށެވެ.

މިގޮތުން މިއީ "ފަސްޓް ހޯމް" ގެ ނަމުގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިޔަށް ގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި މި މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ. އަދި މިކަމަށް އެދޭ ފަރާތްތަކަށް ބިން، ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅޭނެ ކަމަށާއި އެފަރާތްތަކަށް ގޮދުރުވެރިކަން ކަށަވަރުކޮށްދެއްވާނީ ރަސްމާލެ ހިމެނޭހެން ގްރޭޓާރ މާލެ ސަރަހައްދުން ކަމަށެވެ.

އެގޮތުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުތައް ހަމަވާފަރާތްތަކަށް ސަރުކާރުން ގެދޮރުވެރިކަން ކަށަވަރުވާނެ ކަމުގެ ލިޔުން މިއަހަރު ނިމުގެ ކުރީން ދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލިޔުން ދޭއިރު އެފަރާތަކަށް ގޯތި ނުވަތަ ފްލެޓު ލިބޭނެތަންވެސް ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކުގައިވެސް ހައުސިންގެ ޔުނިޓުތަކުގެ މަޝްރޫއުތައް މިހާރު ފެށިގެން ކުރިޔަށް ދަކަމާއި 57 ރަށެއްގައި ހައުސިންގ ޔުނިޓުތައް އެޅުމަށްޓަކައި ކޮންޓްރެކްޓަރުންގެ ބިޑިންގ މަރުހަލާ މިހާރު ކުރިޔަށްދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside