logoEN
Sto top
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް ފުރިހަމައަށް ތައްޔާރުވެފައި!

ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް ފުރިހަމައަށް ތައްޔާރުވެފައި!

އަހުމަދު ޝުރާއު

logo

5/30/2025, 6:46:15 PM

# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ

--

ކުރިއަށް އޮތް އަޟްހާ ޢީދު ފާހަގަކުރުމަށް ނިންމާފައިވާ ރަށްތަކަށް ސަގާފަތާއި ބެހޭ މިނިސްޓްރީގެ ޓީމުން ޒިޔާރާތްކޮށްފި އެވެ.

Wamco

މި އަހަރު މާލެ ފިޔަވައި އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ލ. ގަމާއި ކ. ގުރައިދުއާއި ހއ. ކެލާގައެވެ. މި ތިން ރަށުގައި ވެސް ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް މިހާރު ފެށިފައިވާއިރު، އެކަމަށް ޓަކައި މިނިސްޓްރީގެ ޓީމު އެންމެ ފުރަތަމަ ޒިޔާރާތްކޮށްފައި ވަނީ ކ. ގުރައިދޫ އަށެވެ. މިނިސްޓްރީގެ ޓީމުން ގުރައިދޫ އަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މި މަހުގެ 29 ގެ ނިޔަލަށް ހއ. ކެލާ އަދި އަދި ލ ގަމަށް ވެސް ޒިޔާރާތްކޮށްފައިވެ އެވެ.

މިނިސްޓްރީގެ މި ދަތުރުތަކުގައި، މި ވުޒާރާގެ އިވެންޓް ޓީމާއި ސްޓޭޓް މިނިސްޓަރުން އަދި އަޟްހާ ޢީދު ފާހަގަކުރުމުގައި ވުޒާރާ އާއި އެކު މަސައްކަތްކުރާ ޕީއެސްއެމްގެ ޓެކްނިކަލް ޓީމުން ވެސް ބައިވެރިވެފައިވެ އެވެ.

މި ދަތުރުތަކުގައި މިނިސްޓްރީން ވަނީ ތިން ރަށުގެ ވެސް ކައުންސިލާ ބައްދަލުކޮށް، ރަށްރަށުން ޢީދަށް އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއާ ވެސް ބައްދަލުކޮށްފައިވެ އެވެ. އަދި ރަށްރަށުން ޢީދަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލައްވައި، އެކަމުގައި މިނިސްޓްރީގެ ފަރާތުން ކުރަން ހުރި ކަންކަން ވެސް ބެއްލެވި އެވެ.

މިނިސްޓްރީން ބުނީ މި ދަތުރުތަކުގެ ތެރެއިން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ، ތިން ރަށުން ވެސް އަޟްހާ ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމެވެ.

މިފަހަރުގެ ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވިފައިވާ ރަށްތައް ކަމުގައިވާ ހއ ކެލާ, ކ. ގުރައިދޫ އަދި ލ. ގަން، މި ތިން ރަށުން ވެސް ރާވައި ހިންގާ ހަރަކާތްތައް މިނިސްޓްރީން އަންނަނީ ވިލަރެސްކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside