
ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓްރީ-
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި މި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނާ މުޅިން ހިލާފު އަދި ނުރައްކާތެރި ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މި ފަދަ ނިންމުންތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.
މިއާއިއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައި އެވެ.
ބަޔާން ނިންމާލަމުން ސަރުކާރުން ބުނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ.
ގުޅުންހުރި

މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި
-1753899685217.webp&w=3840&q=75)
ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެ އިން ގޮވާލައިފި

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި
