
މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓްރީ-
މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކޮށްފައެވެ.
އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ގޮވާލާފައި އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން ބަޔާން ނިންމާލަމުން ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި
-1753899685217.webp&w=3840&q=75)
ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެ އިން ގޮވާލައިފި

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި
