
--
ހއ ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ މަސައްކަތް ފުރިހަމަ ކުރުމަށް ހަވާލުކުރި އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު އާންމުކޮށްފައި އެވެ. އެގޮތުން އެމްޓީސީސީން ބުނީ މިސްކިއތް އިމާރާތުގެ ރޫފް ބީމްތަކާއި ނަމާދު ކުރާ ސަރަހައްދުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގެ ޝަޓަރިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، ވުޟޫކުރާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ނިމިފައިވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ.
ތުރާކުނު މިސްކިތް ބިނާ ކުރުމަށް 2023 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ބިނާ ކުރާނެއެވެ. އަދި ވުޟޫ ކުރެވޭ ދެ ސަރަޙައްދެއްގެ އިތުރުން މިސްކިތުގެ ގޯތި ތެރޭގައި ތަޅުން އަޅައި މިސްކިތު ގޯތީގެ ވަށާފާރު ލާނެ އެވެ.
މި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ 11.21 މިލިއަން ރުފިޔާއަށެވެ.
ގުޅުންހުރި

ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފި

ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ތުރާކުނުގައި ބިނާކުރަމުންދާ އައު މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

.gif&w=3840&q=75)



