logoEN
PNC TOP 3
ތުރާކުނުގައި ބިނާކުރަމުންދާ އައު މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

ތުރާކުނުގައި ބިނާކުރަމުންދާ އައު މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

އަހުމަދު ޝުރާއު

logo

12/15/2024, 3:31:10 PM

# ހއ. ތުރާކުނު

--

ހއ. ތުރާކުނުގައި ސަރުކާރުން ބިނާކުރަމުންދާ އައު މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

PNC MID 2

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، ފިރިހެނުންނާއި އަންހެނުންނަށް ވުޟޫކުރުމަށް ޙާއްސަކުރެވިފައިވާ ދެ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ މިސްކިތުގެ ޝީޓު އަޅާ ސްލެބްގެ ޝަޓަރިންގ އަދި ބާބެންޑިންގ މަސައްކަތް ކަން ވަނީ ހާމަކޮށްފައެވެ.

ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް އޮންނަ ހއ. ތުރާކުނު މިސްކިތް ބިނާ ކުރާ މަޝްރޫއެއް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެވެ. މި މަޝްރޫއުގެ ދަށުން، 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތެއް ބިނާ ކުރާނެ އެވެ. އަދި ވުލޫ ކުރެވޭ ދެ ސަރަޙައްދެއްގެ އިތުރުނ،ް މިސްކިތުގެ ގޯތި ތެރޭގައި ތަޅުން އަޅައި މިސްކިތު ގޯތީގެ ވަށާފާރު ލާނެ އެވެ. މި މަޝްރޫއަށް 11.21 މިލިއަން ރުފިޔާގެ ހަރަދު ވާނެ ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC