logoEN
Sto top
މިއަހަރުގެ ހައްޖަު ދުވަހަކީ  ޖޫން މަހުގެ 5 ވަނަ ދުވަސް!

މިއަހަރުގެ ހައްޖަު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަސް!

އަހުމަދު ޝުރާއު

logo

5/27/2025, 3:50:05 PM

# ޙައްޖު 1446

--

މިއަހަރުގެ ހައްޖަު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރަސްމީކޮށް ހާމަކޮށްފި އެވެ.

Wamco

މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒިރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ކަމަށެވެ.

މިއަހަރުގެ ކަލެންޑަރުގައިވާ ގޮތުންވެސް މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އަދި އަޟްހާ އީދު ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަހެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރިން މިހާރު ވަނީ ސައުދީއަށް ފުރަން ފަށާފައި އެވެ. އެގޮތުން ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން އިއްޔެ ފުރި އިރު ދެވަނަ ގްރޫޕުގެ ހައްޖުވެރިން ފުރީ މިއަދު ހެނދުނު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside