logoEN
Sto top
ޙައްޖުވެރިންގެ ތިން ވަނަ ފްލައިޓުގައި 251 ޙައްޖުވެރިން ސައުދީއަށް ގޮސްފި

ޙައްޖުވެރިންގެ ތިން ވަނަ ފްލައިޓުގައި 251 ޙައްޖުވެރިން ސައުދީއަށް ގޮސްފި

އަހުމަދު ޝުރާއު

logo

5/29/2025, 8:50:30 AM

# ޙައްޖު 1446

--

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް ސައުދީއަށް ގޮސްފި އެވެ.

Wamco

ޙައްޖުވެރިންގެ ތިން ގުރޫޕް ފުރާފައިވަނީ 6:30 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. މިފްލައިޓުގައި 251 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާފައިވަނީ ސައުދީ ގަޑިން މިއަދު 10:45 ހާއިރު އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

މިއަދު ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް މިއަދު ފުރާފައިވާއިރު، ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރާނީ ހުކުރު ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside